މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް ތޫނު އެއްޗަކުން ބިރު ދެއްކި އާދަމް އަތުހަރު ދަން ޖެހުނު ފަހުން ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިނެއް ފުލުހުން ހިއްސާކޮށްފި އެވެ.
އަތުހަރު ރޭ ދޫނިދޫ ޖަލުގައި ދަން ޖެހިފައި ހުއްޓާ ފެނުނީ 07:02 ގައި ޖަލު ކެމެރާ މޮނީޓާ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނާއިރު އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ހަމަ ވަގުތުން ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލު ބެލިކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ ފަހުން 07:14ގައި އިމެޖެންސީގައި ލޯންޗުގައި މާލެ ގެންގޮސް 07:25ގައި އައިޖީއެމްއެޗަށްވެސް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުމާ ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ އިރު އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް ވެސް ފުލުހުން ވަނީީ ބުނެފަ އެވެ
ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ދޫކޮށްލި އަތުހަރު ރަހީނުކުރީ އޭނާގެ ލޯބިވެރިޔާ ކަމަށް އެނގިފައި ވެއެވެ.
އަދި ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ބޭރަށް ނެރެ ސައިކަލެއްގައި އޭނާއާއެކު އަތުހަރު ދާން އުޅެނިކޮށް ފުލުހުން ވަނީ އަތުހަރުގެ މައްޗަށް ކުރިހޯދައި އަންހެން މީހާ ސަލާމަތްކޮށްފަ އެވެ.
ފުލުހުން އަންހެން މީހާ ސަލާމަތްކުރީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލައިގެން ނެވެ. އޭގެ ސަބަބުން އަތުހަރުގެ ބޮލަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެ އޭޑީކޭގައި ފަރުވާ ދިނެވެ.

ކިޔުންތެރިންގެ ހިޔާލު