އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވާން ރައީސް ޑރ. މުޙައްމަދު މުޢޖއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުޢިއްޒު އެ ނިންމެވުން ނިންމެވީ އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އައިއޭއީއޭގައި ރާެއްޖެ ބައިވެރިވާން ހުށަހެޅީ ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމުގެ ގޮތުންނެވެ.

އެގޮތުން ޒަމާނީ މެޑިސިންގައި ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި އޭގައި ހިމެނޭ ވޭސްޓް މެނޭޖްމެންޓްގެ ކަންކަން ކުރިއަށް ގެންދާއިރު އެކަންކަމަކީ އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ އޭޖެންސީގައި ބައިވެރިވުމަށް ނިންމައި އެކަމަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅަންވެސް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން