މަރްޔަމް ނަހްދާ ވަޙީދު   3 ސެޕްޓެމްބަރު 2024 - 0:31
ކުޑަކުދިން އެކުދިންގެ ޖަޒުބާތު ހިއްސާ ކުރަނީ ރޮއިގެން- ގޫގުލް އިމޭޖެސް
ކުޑަކުދިން އެކުދިންގެ ޖަޒުބާތު ހިއްސާ ކުރަނީ ރޮއިގެން- ގޫގުލް އިމޭޖެސް
އަލަށް ކުއްޖަކު ލިބޭ، އާ މައިންބަފައިންނަށް ދަރިން ބަލައިބޮޑުކުރުމާ ބެހޭ އެހާ ގިނަ ކަންކަމެއް ނޭނގޭނެއެވެ. އެކަމުގެ ބުރަ އެނގޭނީ އެކަން ކުރަން ފެށުމުންނެވެ. އަލަށް މައިންބަފައިންނަށްވާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ދަރިފުޅުގެ ރުއިމުގެ އަޑު އަބަދު އިވޭ ވާހަކައެވެ. އަދި އެކަމަށް އޮތް ހައްލު ނޭނގޭކަމުގެ ވާހަކައެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ ދަރިފުޅު މާގިނައިން ރޯނަމަ ކުރަންވީ ބައެއް ކަންކަމެވެ.

ދަރިފުޅުގެ ޒަރޫރީ ބޭނުންތައް ފުއްދުން

ކުޑަކުދިން އެކުދިންގެ ޖަޒުބާތުތައް ހާމަކޮށް ބަޔާންކޮށްދެނީ ރޮއިގެންނެވެ. އެހެންކަމުން ދަރިފުޅު މާ ގިނައިން ރޯނަމަ އެކުއްޖާގެ ޒަރޫރީ ބޭނުންތައް ފުދިފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދަރިފުޅު މާގިނައިން ރޯނަމަ އެކުއްޖާ ބަނޑުހައިވެފައިވޭތޯ ބެލުމާއި، ނެޕީ ބަދަލުކުރަންޖެހިފައި ވޭތޯ ބަލަން ޖެހެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދަރިފުޅު ރޯނަމަ އެ ބޭނުމެއް ފުއްދައިދޭން ޖެހޭނެއެވެ.

ތުނބެއް ދިނުން

ދަރިފުޅު މާ ގިނައިން ރޯނަމަ އެކުއްޖާއަށް ތުނބެއް ދިނުމުންވެސް އެކަން ހައްލުވެއެވެ. ކުއްޖާގެ އަނގަޔަށް ތުނބެއް ލުމުން އެކުއްޖާ އެއަށް ދަމާނެއެވެ. އަދި އޭގެ ސަބަބުން އެކުއްޖާގެ ސަމާލުކަން އެކަމަށް ގޮސް، ކުއްޖާ ރުއިން ހުއްޓާލާނެއެވެ.

ތާފަނާ ފެނުން ފެންވެރުވުން

ދަރިފުޅު ރޯތީ އެކަމާ ކަންބޮޑުވާނަމަ އެކުއްޖާ ތާފަނާ ފެނުން ފެންވަރުވާލުމުންވެސް ރުއިން ހުއްޓާލަފާނެއެވެ. ތާފަނާ ފެނުން ފެންވެރުވުމުން ކުއްޖާގެ ހަށިގަނޑަށް އަރާމު ލިބި، އެކުއްޖާއަށް ކުރިމަތިވަމުންދާ އުނދަގޫތައް ހަނދާން ނެތެއެވެ. އަދި އޭގެ ސަބަބުން ކުއްޖާ ރުއިންވެސް ހުއްޓާލައެވެ،

ކުއްޖާގެ ގައިގައި ފިރުމުން

ކުއްޖާ އުރާލުމަށްފަހު އެކުއްޖާގެ ގައިގައި ފިރުމާލުމުންވެސް އެކުއްޖާ ރުއިން ހުއްޓާލަފާނެއެވެ. ބައެއް ހާލަތްތަކުގައި ކުއްޖާ ރޮނީ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ގާތުގައި ހުރުމަށް ބޭނުންވާތީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން ކުއްޖާ ރޯނަމަ އުރާލައިގެން ބުރަކަށީގައި މަޑުމަޑުން ފިރުމުމުން އެކުއްޖާއަށް އުފާވެރިކަން ލިބި، ކުއްޖާ ރުއިން ހުއްޓާލައެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން