ދުނިޔޭގެ ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ 900 ވަނަ ލަނޑާއެކު އޭނާގެ ޓީމަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.

ޕޯޗުގަލްގެ ކެޕްޓަންކަންވެސް ކުރަމުން ގެންދާ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 900 ވަނަ ލަނޑާއެކު، ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ. ކްރޮއޭޝިއާ އާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ކްރޮއޭޝިއާ އާއި ޕޯޗުގަލްއާ ބައްދަލުކުރި މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ހަތްވަނަ މިނިޓްގައި ޕޯޗުގަލްގެ ޑިއޮގޯ ޑަލޮޓް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދައިދީފައެވެ.

މެޗުގެ 34 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ އޭރިޔާ ތެރޭގައި ހުރެ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްފަ އެވެ. މިއީ ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 131 ވަނަ ގޯލުކަން ފާހަގަ ކުރެވެއެވެ. އަދި އޭނާގެ ފުޓްބޯޅަ ހަޔާތުގައި ޖެހި 900 ވަނަ ގޯލެވެ. މިއީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މި އަދަދަށް ކުޅުންތެރިއަކު ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ލަނޑެއް ކާމިޔާބުކޮށްދީފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން ފާހަގަވި ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް 118 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ އެ ކްލަބަށް ކުޅެދިން 438 މެޗުގައި އޭނާ ވަނީ 450 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ޔުވެންޓަސް ގައި ހޭދަކުރި ދުވަސްވަރު އެ ކްލަބަށް ވަނީ 101 ގޯލު ޖަހައިދީފަ އެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން