ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު ބުޅާ މަސްކާ ކަަމަށް ބުނާ މައްސަލަ ހޫނުވެފައި ވަނިކޮށް އެމެރިކާގައި ވެސް އެ ގައުމުގައި އުޅޭ ބިދޭސީން ބުޅާ މަސް ހަދައިގެން ކާ ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓް ޖޭޑީ، ވެންސްވެސް މިހާރު ވަނީ އެވާހަކަ ދައްކަވަން ފައްޓަވައިފަ އެވެ.

ވެންސް އެކްސްގައި ވިދާޅުވީ އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ސްޕްރިންގްފީލްޑްގައި އެތައް ބައެއްގެ ބުޅާ ތައް ވަގަށް ނަގައި އޭގެ މަސް ކާ ކަމުގެ ރިޕޯޓްތައް އޭނާއަށް ލިބެމުންދާ ކަމަށެވެ.

ސްޕްރިންގްފީލްޑަކީ މި ދުވަސް ވަރު ވަރަށް ގިނަ އަދަދަކަށް ގަވައިދާ ހިލާފަށް ހެއިޓީން ހިޖުރަކޮށްގެން އުޅޭ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށްވާއިރު ބުޅާ މަސްކާ ވާހަކައަކީ ބިދޭސީންނާ ދެކޮޅު ނަސްލީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެެމެރިކާގެ ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.

ބުޅާ މަސްކާ ކަމަށް ބުނާ މައްސަލަ ހޫނުވެފައިވާ އިރު އެމެރިކާގެ ރިޕަބްލިކަން ޕާޓީޢަށް ނިސްބަތްވާ ސެނެޓާ ޓެޑް ކްރޫޒް ވެސް ވަނީ އެ ތުހުމަތުތައް ކުރައްވައިފަ އެވެ.

"ޓްރަމްޕަށް ވޯޓު ދެއްވާ. އެއީ ހެއިޓީގެ ބިދޭސީން މި ބުޅާތައް ކެޔަ ނުދޭން." ދެ ބުޅަލެއްގެ ފޮޓޯއަކާއެކު ކެޕްޝަން ޖަހައި ޓެޑް ކްރޫޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން