ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށް ދައުވާ ކުރަމުންދާ އެމެރިކާ ދަނީ ބަނގުރޫޓުވުމާ ދިމާއަށް ދަތުރުކުރަމުން ކަމަށް މަހުޖަނު މަސްކް ބުނެފިއެވެ.

ޓެކް ދާއިރާގެ އެންމެ ބޮޑު ކުންފުނީގެ ވެރިޔާ، އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދާފައިވާ އެލޮން މަސްކް ބުނީ އެމެރިކާ ބަނގުރޫޓުވަމުންދަނީ އިންތިހާއަށް އަވަހަށެވެ.

ޓެސްލާގެ ސީއީއޯ، މަސްކް މިގޮތަށް އިންޒާރު ދިނީ އެމެރިކާގެ ގައުމީ ދަރަނި ރެކޯޑް 35 ޓްރިލިއަން ޑޮލަރަށް އަރާފައި ވަނިކޮށެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ޖުމްލަ ގައުމީ ދަރަނި ޖުލައި މަހު ފުރަތަމަ ފަހަރަށް 35 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިހާރު އެ ދަރަނި ހުރީ 35.35 ޓްރިލިއަން ޑޮލަރުގައެވެ.

ހޯމަ ދުވަހު އޮލް-އިން ޕޮޑްކާސްޓްގެ އޮލް-އިން ސަމިޓް 2024 އިވެންޓުގައި ވާހަކަ ދައްކަމުން މަސްކް ބުނީ ނޮވެންބަރު މަހުގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފިނަމަ ޑިރެގްއުލޭޝަން އާއި ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

މަސްކް ފާހަގަކުރި ގޮތުގައި ގައުމީ ދަރަނީގެ އިންޓަރެސްޓް، ޑިފެންސް ޑިޕާޓްމަންޓުގެ ބަޖެޓަށް ވުރެ މަތިވެ، މިއަހަރު އެއް ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ.

މި ހާލަތުގައި އެމެރިކާ އޮތް އިރުގައިވެސް އެގައުމުން ދަނީ ނިރުބަވެރި އިސްރާއީލަށާއި ޔުކްރެއިން އަށް، އެ ގައުމުތަކުން ހިންގަމުންދާ ޖަރީމާތަކަށް އެހީވުމަށް ބޮޑު އަދަދުތަކުން ފައިސާ ދެމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން