ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ގަސް އިންދުން ގިނަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅުވައިގެން އެމަނިކުފާނު އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހަރަދުކުޑަ ޔަގީންކަން ބޮޑު ހައްލެއްކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ދުވަހަށް މިއަހަރު އ.ދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވީ މި އަހަރުގެ ޖޫން މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން