އަމިއްލަ އަތުން ކުރެވޭ ނުރަނގަޅު ކަންތައް ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް މެސެޖެއް ދެއްވައިފިއެވެ.
އެގޮތުން މީސް މީޑިއާގައި އެނިމޭޝަން ވީޑިއޯއެއް ޙިއްސާކުރަށްވަމުން ރައްޔިތުންނަށް ދެއްވި މެސެޖުގައި ރައީސް ވަނީ އިންސާނާގެ ފުރާނައަކީ ވަރަށް އަގުހުރި އެއްޗެއްކަމަށާއި އެހެންކަމުން މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ރައްކާތެރިވުމުގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ އަމިއްލަ އަތުން ކުރެވޭ ނުރަނގަޅު ކަންތައް އަލުން ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި މެސެޖާއެކު ރައީސް ޙިއްސާކުރަށްވާފައިވަނީ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއެކެވެ.
އެވީޑިއޯގައި ބައްޕައަކު އޭނާގެ ދަރިފުޅަށް ހަދިޔާއަކަށް ގަޑިއެއް ދިނުމަށް ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާގެ ދަރިފުޅު ދުއްވަން އިން ކާރުން ބައްޕަގެ ސައިކަލުގައި ޖެހި އެކްސިޑެންޓްވާ މަންޒަރު ފެނެއެވެ.
އަދި އޭގެފަހުން ދަރިފުޅު ކާރުން ފައިބައި ބައްޕަގެ ހަށިގަނޑު ކައިރީ އިނދެގެން ރޯ މަންޒަރާއި މާފަށް އެދޭ މަންޒަރުވެސް ފެނިގެންދެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދަ މެސެޖެއް މީސްމީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް ދެއްވާފައިވާއިރު ފަހަކަށް އައިސް މާލޭ ސަރަޙައްދުގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

"Life is Precious, Drive Safely!"
— Dr Mohamed Muizzu (@MMuizzu) September 18, 2024
Let us all put a concerted effort to make our roads safe for us! We may not get a second chance to make right what we do wrong with our own hands!
Thank you, Yamin Rasheed & cellmin Animation Studio, for this creation. pic.twitter.com/az1ILez6XH
މި މެސެޖާއެކު ރައީސް ޙިއްސާކުރަށްވާފައިވަނީ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއެކެވެ.
އެވީޑިއޯގައި ބައްޕައަކު އޭނާގެ ދަރިފުޅަށް ހަދިޔާއަކަށް ގަޑިއެއް ދިނުމަށް ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާގެ ދަރިފުޅު ދުއްވަން އިން ކާރުން ބައްޕަގެ ސައިކަލުގައި ޖެހި އެކްސިޑެންޓްވާ މަންޒަރު ފެނެއެވެ.
އަދި އޭގެފަހުން ދަރިފުޅު ކާރުން ފައިބައި ބައްޕަގެ ހަށިގަނޑު ކައިރީ އިނދެގެން ރޯ މަންޒަރާއި މާފަށް އެދޭ މަންޒަރުވެސް ފެނިގެންދެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދަ މެސެޖެއް މީސްމީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް ދެއްވާފައިވާއިރު ފަހަކަށް އައިސް މާލޭ ސަރަޙައްދުގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު