މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – މާލެ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – ހުޅުމާލޭގެ ދަރިވަރުންނަށެވެ.

މިނިސްޓްރީން ބުނީ މަތީ ޘާނަވީއަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މީގެ އިތުރު ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން