"ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓަކީ ގައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަގުބަލު ރައްކާތެރިކުރުމަށް އެންމެންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެއް ކަމަށް ރައީސް އޮފިހުން ބުނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަގުސަދަކީ ބައިނަލްއަގުވާމީގޮތުން ވެވިފައިހުރި އެއްބަސްވުންތަކަށް އަމަލުކުރުން އަވަސްކޮށް، އެކްޝަން އޮރިއެންޓެޑް އައުޓްކަމް ޑޮކިއުމެންޓެއް ކަމުގައިވާ ޕެކްޓް ފޮރ ދަ ފިއުޗަރ މެދުވެރިކޮށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް ފަދަ 21 ވަނަ ގަރުނުގެ ހަގީގަތްތައް ދައްކުވައިދޭ މެކޭނިޒަމްތަކެއް އުފެއްދުމުގެ މަސައްކަތްްވެސް މި ސަމިޓުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ،.

މި ސަމިޓުގެ ޕްލެނަރީ ސެގްމަންޓްގައި ރަައީސް މުއިއްޒު ތަގުރީރުކުރައްވާ އިރު ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ، "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ: ސްޓްރެންދަނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ގެ ކޯ ޗެއާ ވެސް ކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން