އަދުގެ ޖީލުން ބޭނުންވަނީ ޣައްޒާގެ ގަތުލުއާންމު ހުއްޓުވާނެ ޖީލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ. ގައި މިރޭ ފެށިގެން ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ތަގުރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އަންނަން އޮތް ޖީލުތަކުން މި ޖީލުގެ ކަންކަން އިންސާފުކުރާނީ ނިންމާ ނިންމުންތަކަށްވުރެ ބޮޑަށް، އަޅާ ވަރުގަދަ ފިޔަވަޅުތަކަކުން ކަމަށެވެ. އެގޮތުން ބޭނުންވަނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި ދުނިޔެއެއް ކަމަށާއި ވާންވީ ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ހިތްވަރު ހުރި މަލްޓިލެޓްރަލް ސިސްޓަމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި އެކިފަހަރުމަތިން ގައުމުތަކުން އެކި ތަސައްވުރުތައް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް، އެކަންކަމަށް އަމަލު ކުރެވެމުންދާތަން ނުފެންނަކަަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ރައީީސް ވަނީ ފާޅުކުރައްވާފައެވެ.

މިހާރު ފެށިގެން ކުރިއަށްދާ ސަމިޓަކީ ބައިނަލްއަގުވާމީ މަަލްޓިލެޓަރަލް ސިސްޓަމް ތަރައްގީ ކުރުމުގެ މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން