ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިނުގެންނެވުނީ އެމަނިކުފާނު ކަންނެތްވީމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އދ. ގެ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.

އެމަނިކުފާނު އެމެރިކާއަށް ވަޑައިގެންނެވުމާއިގުޅިގެން ރައީސް ޔާމީން، ރައީސް މުޢިއްޒަށް ފާޑުވިދާޅުވާތީ، އެކަމަށް ރައްދު ދެއްވަމުން ޝުޖާ އެކްސްގައި މިއަދު ވިދާޅުވީ، އދ. ގައި ރައީސް މުޢިއްޒު ތަގުރީރު ކުރައްވާތީ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އދ. އަށް ވަޑައިގެންނެވި ހިސާބުން ޔާމީންގެ ލޮލަށް ނިދި ނާންނަކަމަށެވެ.

އަދި ޔާމީންގެ ވެރިކަމުގައި އދ. އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެން ނޫންކަމަށާއި އެކަން ނުކުރެވުނީ އެމަނިކުފާނު ކަންނެތް ވީމާކަމަށް ވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިފަހުން ރައީސްކަން ކުރެއްވި ހުރިހާ ވެރީންގެ ތެރެއިން ވެރިކަމުގެ ދައުރުގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަޑައިނުގަންނަވަނީ ރައީސް ޔާމީން އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން