ރާއްޖެއިން ހުށަހަޅާފައި އޮތް މުހިންމު ޕްލޭންތަކުގެ މަސައްކަތްތަކުގައި ބައިވެރިވާން ތައްޔާރަށް އޮތްކަން އެމެރިކާގެ އެހީދޭ ޖަމިއްޔާ ޔޫއެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވައިފި އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް މުއިއްޒު ރޭ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވާއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ސަމަންތާ ވަނީ ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި އެފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫއެސްއެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯޕީޖީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސްގެ ތަރައްގީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، އެ ދާއިރާއިން ހުރި ފުރުސަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އަދި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން