އެއްވެސް ދިވެއްސަކު އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަރުކާރުން ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެ ކަމަށެވެ.

"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖުތިމާއީ- އިގުތިސާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަގާފަތާ ހުރިގުޅުން،" މައުލޫއެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް އެދިވަޑައިގެންފައެވެ.

އަދި އެ މަނިކުފާނު ވަނީ އެކަމާ ގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އިގުތިސާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ހިމާޔަތްކުރަންޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަގާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ހިމާޔާތްކުރުމުގެ މުހިންމު ކަމެވެ.

އަދި ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ގައުމެއް ގިނިކަންޏާ ކުރިމަތިލައި، ހައްލު ހޯދަންޖެހިގެންނުވާ ކަަން ތިން ވަނަ ނުކުތާއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައިގައި މުޅި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން