އަވައްޓެރި އިންޑިޔާގައި ފާހަގަ ކުރަމުން ދިޔަ ހިންދޫ ދީނުގެ އީދެއްގެ ތެރެއިން 46 މީހުން ގެނބިގެން މަރުވެއްޖެއެވެ.
އިންޑިޔާގެ ބިހާރުގައި ކުރިޔަށް ދިޔަ މި އީދުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އެތަނުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މަރުވި 46 މީހުންގެ ތެރެއިން 37 މީހުންނަކީ ކުޑަކުދިންނެވެ.
އެކި ހިސާބުތަކުން އެތައް ސަތޭކަ މީހުން ބައިވެރިވި މި އީދުގައި މީހުންތައް މަރުވީ އީދު ފާހަގަކުރުމުގެ ތެރޭގައި ކުރަން ޖެހޭ ކަމެއް ކުރުމަށް ކޯރަކަށް އެރި ތިއްބާ ކަމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓްގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.
ދާދިފަހުން އިންޑިއާގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ އެގައުމުގެ ގިނަ ކޯރުތައް ފުރި ބަންޑުންވިކަން ފާހަގަކުރެވެއެވެ.
ބިހާރުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ”ޖިވިތުޕުޓްރިކާ“ އީދަކީ ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ހެޔޮ ދުޅަހެޔޮކަން ފާހަގަކުރާ އީދެއް ކަމަށް ރިޕޯތްތައް ބުނެއެވެ. ބިހާރުގެ އޮފިޝަލުން ބުނީ އީދު ފާހަގަ ކުރުމަށް ކޯރަށް ފޭބިއިރު ކޯރު ފުރި ބަންޑުވާ ހިސާބުގައި އޮތް ކަމެއް ނޭގެއެވެ. ފެންގަނޑަށް ބެލުމެއް ނެތި ކޯރަށް ފޭބުމުން އެމީހުން ގެނބިގެން މަރުވީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޮފިޝަލުން ބުނީ މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށް އޭގެ ބަދަލު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު