ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ރައީސް އދ. ގައި ތަގުރީރު ކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑޮކްޓަރ މުޙައްމަދު ޔޫނުސްއާ ބައްދަލުކުރައްވައެވެ.

ރައީސް އޮފީހުން ބުނީ، ​މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިކަމަށެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު ވަނީ ދެ ގައުމުގެ ތައުލީމީ ގުޅުން އިތުރަށް ބަދަހިކޮށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތު ހޯދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން، ދެ ލީޑަރުން ވެސް ވަނީ ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް، ކަންބޮޑުވުން ހުރި މައްސަލަތަކުގައި އެކުގައި ކުރިއަށް ދިޔުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ ގައުމުތަކުގެ ވެރީންނާއި ބައްދަލު ކުރައްވާ ގައުމުތަކާއެކު ގުޅުންބަދަހި ކުރުމަށް ގެންދަވަނީ މަޝްވަރާތައް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން