ނިއުކްލިއަރ ހަތިޔާރު މުޅިން ނައްތާލުމާ ގުޅޭ ގޮތުން އދ. ގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ނިއުކްލިއާ ހަތިޔާރު ނައްތާލަން ދިވެހި ރާއްޖެއިން ގޮވާލައިފި އެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ބަޔާން އިއްވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު އިއްވި ބަޔާނުގައި ވަނީ ދުނިޔޭގެ ސުލްހަ ޤާއިމްކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ދުނިޔޭގެ ސުލްހައާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް” ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު އިއްވި މި ބަޔާނުގައި ވަނީ ރާއްޖެއަކީ އަބަދުވެސް ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ގޮވާލާ ގައުމެއްކަން ފާހަގަކޮށް، މި މަސައްކަތުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

އދ. ގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި އެހެން ގައުމުތަކުގެ ވެރިންނާއި މަންދޫބުން ވެސް ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަމާއި، އެ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން