ލުބްނާނަށް ބާރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އެލަރޓް ލެވެލް އެންމެ މަތިކޮށްފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލަށް ދީފާނެ ހަމަލާއަކުން ސަލާމަތްވެ ރައްދު ދިނުމަށް އިސްރާއީލްގެ އަސްކަރިއްޔާގެ އެލަރޓް ލެވެލް އެންމެ މައްޗަށް ވަނީ ޖައްސައިފައެވެ.
އިސްރާއީލުން ވަނީ މި އެލަރޓް ލެވެލް ހުރިހާ ދިމާލަކުންވެސް މައްޗަށް ޖައްސާފައެވެ. އެގޮތުން އެގައުމުން ވަނީ ކަނޑާއި، އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދީފާނެ ކަމަަަށް ތައްޔާރުވުމުގެ ގޮތުން އަސްކަރިއްޔާވެސް ސަމާލަށް ގެނެސްފައެވެ.
އެމެރިކާއިން ވާގިވެރިވާ އިސްރާއީލުން އެލަރޓް ލެވެލް މަތި ކޮށްފައިވާ މި ދަނޑިވަޅަކީ އެގައުމުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 700 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ކުށެއް ނެތް އެތައް ބަޔަކަށް އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާއިރު ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. އީރާނުން ބުނާގޮތުގައި ޔަހޫދީ އިސްރާއީލުން މިހާރު ވަނީ ރަތް ރޮނގު ހުރަސްކޮށްފައެވެ. އަދި ހާލަތު ވަރަށް ނުރައްކާވާނެ ކަމަށާއި ޖިހާދު ކުރާ ޖަމާއަތްތަކުގެ ވަރުގަދަ ލީޑަރުން ތިބޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
ލުބުނާނާއި އިސްރާއީލާ ދެމެދު ހިނގާ ކުރިމަތިލުން މިހާރު ބޮޑު ހަނގުރާމައަކަށް ބަދަލުވެފައިވާކަމަށް މަސްރަހު ދިރާސާ ކުރަައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު