ދިވެހި ރައްޔިތުންގެ ސިއްހަތާއި ގުޅޭ މައުލޫމާތުތައް އެއްތާކުން ބެލޭނެ ގޮތަށް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް ހެލްތް މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޚަލީލް މިރޭ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް ޑިޖިޓަލް އިކޮނޮމީއަކަށް ރާއްޖެ ދިޔުމަކީ މުހިންމު ކަމެއްކަމަށާއި އެކަން ސިއްހީ ދާއިރާއަށް ވެސް ވަރަށް ބޮޑަށް މުހިންމު ވާކަމަށެވެ.
އެގޮތުން، ޚަލީލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އެކި ތަންތަނުގައި ބަލިމީހުން ބަލާ ގޮތުގެ މައުލޫމާތު އަދި ބަލިމީހުންގެ ޓެސްޓްތަކުގެ ނަތީޖާ ފަދަ މައުލޫމާތު އެއްތަނަކުން ބެލެން ނެތް ކަމަށެވެ. އަދި އެފަދަ ނިޒާމެއް ނެތުމުން ދިވެހި ރައްޔިތުންގެ އާންމު ސިއްހަތުގެ މައުލޫމާތުތައް ދެނެގަތުމުގައި ސަރުކާރަށް ވެސް ދަތިތަކެއް ހުރިކަމަށާއި އޭގެ އިތުރަށް ރައްޔިތުންނަށް ވެސް އެކަމުން އެކިކަހަލަ ދަތިތަކާއި ކުރިމަތި ވާކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ، އެއް ހޮސްޕިޓަލުން ޓެސްޓެއް ހެދުމަށްފަހު އަނެއް ހޮސްޕިޓަލަށް ދާއިރު އޭގެ ރެކޯޑު ނެތުމުގެ ސަބަބުން އަނެއްކާ އެ ޓެސްޓު އަލުން ތަކުރާރުކުރަންޖެހޭ ކަމަށާއި އޭގެ ނަތީޖާއަކީ، ޚިދުމަތް ލިބުމުގައި ބަލިމީހާއަށް އެތައް ވަގުތެއް ގެއްލި ދައުލަތަށް ވެސް އެކަމުގެ ބުރަ ބޮޑުވުން ކަމަށާއި އަދި ބައެއްކަހަލަ ޓެސްޓްތައް ހެދުމަކީ ސިއްހީ ގޮތުން ވެސް ބަލިމީހާއަށް ވެސް ރަނގަޅު ކަންކަން ނޫންކަމުން އެކަމުގެ ގެއްލުންވެސް އޮންނަކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ސިއްހީ ކަންކަމުގެ ރެކޯޑުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ބޭރުގެ ބަޔާކާއި ގުޅިގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޚަލީލް ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓަރުގެ ތަނަކަށް ދިޔަޔަސް ހަދާ ޓެސްޓުތަކުގެ ނަތީޖާ މި ނިޒާމުގެ ތެރެއަށް ވަންނަ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ގާއިމްކުރެވޭނެ އެލާމެއް އޭނާއަށް ދާގޮތަށް. އެސްއެމްއެސްގެ ޒަރީއާއިން މިވެނިކަމެއްގެ ފުރުސަތު އެބައޮތޭ އެހެންވީމަ އެކަމަކަށް އަވަހަށް ތައްޔާރުވާށޭ ބޭސްފަރުވާކުރުމަށްޓަކައި" އެފަދަ ނިޒާމެއް ތަރައްގީ ކުރުމުން ލިބިގެންދާނެ ފައިދާތަކުގެ ވާހަކަ ފާހަގަ ކުރައްވަމުން ޚަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު