ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕާންޑޭ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕާންޑޭ- ގޫގުލް އިމޭޖެސް
ފިލްމީ ދާއިރާގައި އުޅޭ ފަރާތްތަކުގެ ފޭކު ވީޑިއޯތައް މީސް މީޑިއާގައި ދައުރުވުން ހުއްޓުވޭނީ އިންޑިއާ ސަރުކާރުން އެކަމާމެދު ފިޔަވަޅުތަކެއް އެޅުމުން ކަމަށް ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ފިލްމީ ދާއިރާގެ މީހުންގެ ފޭކު ވީޑިއޯތައް ހަދައި އެ ފަތުރަމުންދާ ދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ސަބަބުން އެމީހުންގެ މޫނާއި އަޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ރަނގަޅަށް އިނގޭ ކަމަށާއި، އެކަމުގެ ސަބަބުން އެމީހުންނާ ބެހޭ ފޭކު ވީޑިއޯތައް ހަދަން މީހުންނަށް ފަސޭހަވާކަމަށެވެ.

އަދި މިކަމަކީ ވަރަށް ބިރުވެރިކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެތައް ބައެއްގެ އަބުރު ކަތިލެވިގެންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިފަދަ ފޭކު ވީޑިއޯތައް މީސް މީޑިއާގައި ދައުރުވުން ހުއްޓުވޭނީ ސަރުކާރުން އެކަމާމެދު ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ދީގެން ކަމަށެވެ.

އަނަންޔާ މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ސީޓީއާރް އެލް ނެރުމަށެވެ. މިއީ ސައިބާ ތުރިލާ ފިލްމަކަށްވީއިރު، މި ފިލްމުގައި އޭނާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ނިންމާ ނިންމުންތަކެއް ފެންނާނެ އެވެ. ވިކްރަމްއަދިތިޔާ ޑައިރެކްޓު ކުރާ މި ފިލްމު ނެޓްފްލިކްސް އަށް ނެރޭނީ އޮކްޓޯބަރު 4 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން