ނިރުބަވެރި އިސްރާއީލް ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލް ސިފައިން ލުބުނާނަށް އެއްގަމު މަގުން އަރާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެގޮތުން ޔަހޫދީ ފައުޖުން ވަނީ ލުބުނާންގެ ދެކުނުގެ ހިސާބުތަކަށް އެންމެ ފަހުގެ ޓޭންކާއި ބުލްޑޯޒަރާއި އަސްކަރީ އުޅަނދުތަކާއެކު ބޯޑަރު ހުރަސްކޮށް ވަދެގަނެފައެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން، ލުބުނާނަށް އެއްގަމު މަގުން އަރާފައި މިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތާއި އެގައުމުގެ އެހެން ބައެއް ހިސާބުތަކަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ.

އެމެރިކާއިން އަސްކަރީ ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ލުބުނާނަށް އެރީ އިސްރާއީލުގެ ސިޔާސީ ލީޑަރުން އެކަމުގެ ހުއްދަ ދިނުމަށް އެއްބަސްވިތާ މާގިނައިރުތަކެއް ނުވެކަން ފާހަގަ ކުރެވެއެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އިސްރާއީލުން ލުބުނާނަށް އަރައިގަތުމާ ދިމާކޮށް، ލުބުނާންގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ފޮނުވާލައިފައެވެ. އަދި އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އިން ގޮވުންތަކެއްގެ އަޑު ވެސް އިވުނުކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން