މަރާމާތުކޮށް ދާދި ފަހުން ނިންމި އާ ސަހަރާގެ މިސްކިތާއި ހިނަވާ ހުޅުވައިފި އެވެ.

ހުކުރު ނަމާދުގެ ގަޑިއެއްހާއިރު ކުރިން ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި އެ ތަން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އާސަހަރާ މިސްކިތް މަރާމާތުކޮށް ޖާގަ އިތުރުކުރުގެ ޕްލޭނަކީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު އެކުލަވާލެއްވި ޕްލޭނެކެވެ.

ނަމަވެސް ދެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަށް ނުގޮސް އޮތުމަށް ފަހު އެ ތަން ނިންމީ އާދަމް އާޒިމްގެ މޭޔަރުކަމުގަ އެވެ.

އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ. ނަމަވެސް އާސަހަރާގެ ކަންކަން ނިންމުމަށް 9.7 މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިއެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަހަރާގައި ޖަނާޒާތައް ބޭއްވުން ހުއްޓާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް ބާއްވަމުން އައިސްފައި ވަނީ ހުޅުމާލޭގައެވެ.

މި މަސައްކަތުގެ ތެރެއިން އާ ސަހަރާގެ ޖާގަ ތަނަވަސް ކުރުމުގައި މިސްކިތް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އާ ސަހަރާ މިސްކިތުގެ މަތީ ބައި ޚާއްޞަކޮށްފައި ވަނީ އަންހެނުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން