ފިލްމު އަލްފާގެ ލީޑު ތަރިން އާލިޔާ އާއި ޝަރްވަރީ- ގޫގުލް އިމޭޖެސް
ފިލްމު އަލްފާގެ ލީޑު ތަރިން އާލިޔާ އާއި ޝަރްވަރީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ އާލިޔާ ބަޓު އަދި ޝަރްވަރީ ވާގް ލީޑު ރޯލުން ފެންނަ ފިލްމު "އަލްފާ" ނެރޭނީ މިއަހަރުގެ ޑިސެމްބަރު ގައި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އާލިޔާ އާއި ޝަރްވަރީ ލީޑުން ފެންނަ ފިލްމު "އަލްފާ" ނެރޭ ދުވަސް މިހާރު ޔަޝް ރާޖް ފިލްމްސް އިން އާންމު ކޮށްފައިވާ ކަމަށާއި، މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކަމަށެވެ.

ޝިވް ރަވައިލް ޑައިރެކްޓު ކުރާ މި ފިލްމަކީ ވައިއާރްއެފް ސްޕައި ޔުނިވާސްގެ ފިލްމުތަކުގެ ތެރެއިން އަންހެން ލީޑުތައް ހިމަނައިގެން އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ތަފާތު އެކިކަހަލަ އެކްޝަން މަންޒަރުތައް ހިމެނޭ ތުރިލާ ފިލްމަކަށްވީއިރު، މި ފިލްމަކީވެސް ވަރަށް ކާމިޔާބު ފިލްމަކަށް ވާނެކަމަށް ފިލްމުގެ އުފެއްދުންތެރިން ގަބޫލު ކުރެއެވެ. މީގެ އިތުރުން މި ފިލްމުގައި ރިތިކު ރޯޝަންގެ ހާއްސަ ފެނިލުމެއްވެސް ހިމެނެއެވެ.

އާލިޔާ މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖިގުރާ" ނެރުމަށެވެ. މީގެ އިތުރުން އޭނާ އުޅެނީ ޝަރްވަރީ އާއެކު "އަލްފާ" ގެ މަންޒަރުތައް ނެގުމުގައިވެސް ވަރަށް ބިޒީކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން