ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
މިއީ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރެއް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ނަސީރު މިބީދައިން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް މިހާރު ކުރަށްވަމުން ގެންދަވާ ފުރަމާން ދަތުރުފުޅުގައި އެޤައުމާއެކު ގިނަ އެއްބަސްވުންތަކެއް އެކުލަވާލެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޢުމަރު މިއަދު ވިދާޅުވީ މިއީ ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ވެރިޔަކު، ކެމްޕޭން ވަޢުދަކާ މިހާ ފާޅުގައި ޚިލާފްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެމް،ޑީ،ޕީގެ ވެރިކަމާއި ޕީ،އެން،ސީ ގެ ވެރިކަމުގައި އެއްވެސް ތަފާތެއް ނެތްކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

“އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެ، ބުނި ހުރިހާ ކަމަކަށް އެއްބަސްވީއެވެ.” މި ސަރުކާރަށް ފާޑުވިދާޅުވަމުން ޢުމަރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޢުމަރު ވަނީ މި ސަރުކާރަށް އިންޑިޔާގެ އަސްކަރިއްޔާ އަނބުރާ ފޮނުވާލެވިފައި ނުވާކަމަށްވެސް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި، މި ސަރުކާރުން ވަނީ ކުރީ ސަރުކާރުތަކުން އެއްބަސްނުވެވިފަ ހުރި ކަންކަމަށްވެސް އެއްބަސްވެ އަމާންދީފައި ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް މިހާރު ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު އިތުރު 5 އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފަ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެ ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން