ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މުމްބާއީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ރޭ އިންޑިއާ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ރައީސް މުއިއްޒު މުމްބާއީއަށް ވަޑައިގަންނަވާނީ މިއަދު ކަމަށެވެ.
އަދި މުމްބާއީއަށް ވަޑައިގެންނެވުމުގެ ކުރިން އިންޑިއާގެ އާގްރާއަށް ވަޑައިގަންނަވާނެ ކަމަށް މިޝްރީ ވިދާޅުވި އެވެ.
އާގްރާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ އެ ތަނުގައި ހުންނަ ތާޖު މަހަލް ބައްލަވާލެއްވުމަށްޓަކަ އެވެ.
އަދި އޭގެ ފަހުން މާދަމާ ރައީސް މުއިއްޒު ބެންގަލޫރަށް ވަޑައިގަންނަވާނެ ކަމަށް ވެސް މިޝްރީ ވިދާޅުވި އެވެ.
ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވަމާ ދަތުރުފުޅުގައި ދެގައުމުން ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ރާއްޖެއިން އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް ހެދި އެއްބަަސްވުމެވެ.

ކިޔުންތެރިންގެ ހިޔާލު