ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާގެ އާގްރާގައި ހުންނަ ތާޖު މަހަލްއަށް ޒިޔާރަތްކުރައްވައިފިއެވެ.

މުސްލިމް ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން 17 ވަނަ ގަރުނުގައި ބިނާ ކުރެއްވި އެ ބިނާ ބައްލަވާލެއްވުމަށް ރައީސްގެ ދެ ކަނބަލުން އާގްރާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖު މަހަލްގެ ކުރިމަތީގައި ރައީސްގެ ދެ ކަނބަލުން ނެންގެވި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންނަށް ތާޖު މަހަލު ދައްކާލުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

އެގޮތުން މިދިޔަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ތާޖު މަހަލް ބައްލަވާލައްވައި އެތަނުގެ ކުރިމަތީގައި ތިއްބަވައިގެން ފޮޓޯ ނެންގެވިއެވެ.

ތާޖު މަހަލް ބައްލަވާލެއްވުމަށް ފަހު ރައީސް މުޢިއްޒުގެ ދެކަނބަލުން ދެން މިއަދު ވަޑައިގަންނަވާނީ އިންޑިއާގެ ބެންގަލޫރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން