ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޝަރަފުގައި މަހަރަޝްޓްރާ ސްޓޭޓްގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން ޖާފަތެއް ދެއްވައިފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ގަވަރުނަރު ދެއްވި ޖާފަތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންގެ އިތުރުން ރައީސްއާއެކު ރާއްޖެއިން އިންޑިއާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުންނާއި މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ވަނީ މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް މިހާރު ހުންނެވީ އިންޑިއާގެ މުމްބާއީގަ އެވެ. އަދި މިއަދު ބެންގަލޫރަށް ވަޑައިގަންނަވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން