ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއާ ގުޅުން ބަދަހިކޮށް ގާތުން މަސައްކަތް ކުރަށްވާނެ ކަމަށް ޖަޕާންގެ އާ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި މެސެޖަށް ޝުކުރު އަދާކުރަށްވައި އެ މެސެޖަށް ދެއްވަމުންނެވެ.
އެގޮތުން ބޮޑުވަޒީރު ޝިގެރޫ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު ދަންނަވާ ކަމަށާއި ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކޮށް އެކުގައި ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ހަމައެއާއެކު އިންޑޯ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ، މުއިއްޒު ބޮޑުވަޒީރު އިޝިބާއަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ވަނީ ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރު 1967 ވަނަ އަހަރުއެވެ. މި ގުޅުމަށް މިއަހަރު 57 އަހަރު ފުރޭނެއެވެ.

Thank you President Muizzu @MMuizzu for your kind message regarding my appointment as Prime Minister.
— 石破茂 (@shigeruishiba) October 9, 2024
I look forward to working closely with you to further strengthen the traditional ties of friendship between our two countries, toward the realization of a “Free and
Open… https://t.co/utXlDtUQnY
ރައީސް ޑރ، މުއިއްޒު ބޮޑުވަޒީރު އިޝިބާއަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ވަނީ ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރު 1967 ވަނަ އަހަރުއެވެ. މި ގުޅުމަށް މިއަހަރު 57 އަހަރު ފުރޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު