އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ރަތަން ޓާޓާ އަވަހާރަވެއްޖެ އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ޓާޓާގެ ޗެއާމަންކަންވެސް މީގެ ކުރިން ކުރެއްވި ރަތަން އަވަހާރަވިކަން ޓާޓާ ގްރޫޕުން ރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ. ރަތަން އަވަހާރަވީއިރު އުމުރުފުޅަކީ 86 އަހަރެވެ.
މިކަމާ ގުޅިގެން މަޝްހޫރު ނިއުސް އެޖެންސީ ރޮއިޓާސްއިން ބުނީ ޓާޓާ އަވަހާރަވެފައިވަނީ މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ.
ޓާޓާ ކުންފުންޏަކީ ރަތަންގެ މުނިކާފަ މީގެ 100 އަހަރުކުރިން އުފެއްދެވި ކުންފުންޏެކެވެ. ރަތަން ޓާޓާ ކުންފުނީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގަތީ 1991 ވަނަ އަހަރު އެވެ. އަދި ފަހުން ރަތަން ވަނީ 1996 ވަނަ އަހަރު ޓާޓާ ޓެލެސާވިސް އުފައްދަވައިފަ އެވެ.
ރަތަންގެ ޗެއާމަންކަމުގައި ޓާޓާއިން ވަނީ ބައިނަލްއަގުވާމީ ކުންފުނިތައްވެސް ގަނެފަ އެވެ. އޭގެ ތެރޭގައި ސައިފަތް ކުންފުނި ޓެޓްލީ، ޔޫރަޕްގައި ސްޓީލް އުފައްދާ ކޮރަސް އަދި އިނގިރޭސިވިލާތުގައި ކާރު އުފައްދާ ކުންފުނި ޖެގުއާ އެންޑް ލޭންޑް ރޯވާ ހިމެނެ އެވެ.
ރަތަންއަށް ވަނީ އިންޑިއާގެ ރައްޔިތުންނަށް ސަރުކާރުން ދޭ އެންމެ މަތީ އެވޯޑް ޕަދްމާ ވިބޫޝަން އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު