ބޭރުގެ ސިފައިން ނުތިއްބަސް ގާތް ގުޅުމެއް އިންޑިއާއާއެކު އުފެއްދިދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބެންގަލޫރުގައި ދިވެހިންނާއި ބައްދަލުކުރައްވައި ވިދާޅުވީ އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަމަށެވެ.
އަދި ކުރިން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ނަމަވެސް ޑިޕްލޮމަސީއާއި ރިވެތި އަހުލާގުގެ ތެރެއިން އެކަން ހައްލުކޮށްފައިވާ ކަމަށާއި އަދި ދެން އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް ހަގީގަތް އޮޅޭ ގޮތަށް ދެ ނޫހެއްގައި އެކަމާ ގުޅޭ ގޮތުން ހަބަރުތައް ލިޔެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅުތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ ރާއްޖޭގައި މިހާރު ބޭރުގެ ސިފައިން ނުތިބޭނެ ކަމަށާއި އަދި ރައީސް އަބަދުވެސް އިސްކުރައްވާނީ ދިވެހީންގެ މިނިވަންކަން ކަމަށެވެ.
"ބޭރުގެ ސިފައިން ނުތިއްބަސް ގާތް ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމާއެކު އުފެއްދިދާނެ ވަރުގަދަ ގުޅުމެއްކަން ރައީސްގެ މިދަތުރުފުޅުން ސާބިތުކޮށްދެއްވައިފި." ޝުޖާއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު