ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާނެ ކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުކުރަށްވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމިީ ދަތުރުފުޅާ ގުޅޭގޮތުން ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތަކެއް ހާސިލްކުރެއްވުމަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވާފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ. ހަމައެއާއެކު ރައީސްގެ އިންޑިޔާ ދަތުރުފުޅުގައި ވެފައިވާ އެއްބަސްވުންތަކަށް އިޝާރާތް ކުރަށްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ރައީސް ނުކުރަށްވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިވެހި އަސްކަރިއްޔާއިން ހިމާޔަތްކުރާނީ ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ފުރިހަމަ ބާރު ދިވެހިންގެ އަތުގައި އޮންނަ ގޮތަށް ކަމަށެވެ. އަދި އަސްކަރީ ދާއިރާއަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެކަަމުގެ ޔަޤީންކަން ވަޒީރު ޣައްސާން ވަނީ ދެއްވާފައެވެ.
“އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި. ބޭރުގެ އެއްވެސް ނުފޫޒެއް އަސްކަރީ ގޮތުން ދިފާޢީ ގޮތުން ނުފޯރުވޭނެ.” ޣައްސާން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައިވެސް އޮތީ ދިވެހިރާއްޖެއިން އެދޭ ހާލަތްތަކެއްގައި އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރެވޭނެ ވާހަކަ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
އޭގެ އިތުރުން ޣައްސާން ވިދާޅުވީ ސަރުކާރުގެ މޯލްޑިވްސް ފަސްޓް ސިޔާސަތުގެ ދަށުން މި ސަރުކާރުން މަސައްކަތް ކުރާނީ ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ގައުމަކާވެސް ގުޅިގެން ކަމަށެވެ.
ވަޒީރު ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް މިހާރު ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރު އެކަތައިގެ މަސައްކަތް ދެ ގައުމުން ގުޅިގެން ވަގުތުން ނިންމަން އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު އިންޑިއާގެ އެހީގައި ސިފައިންގެ ސާވޭލަންސް އަދި މޮނިޓަރިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އިތުރު ރާޑަރު ސިސްޓަމްތަކެއް ގާއިމުކުރުމާއި ރާއްޖެއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން ހިމެނޭގޮތުން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު