ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
އަވަށްޓެރި ޤައުމުތަކަށް ބަދުބަސް ބުނުމާ އަބަދުވެސް ދެކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި މިހާރު ތިއްބެވި އިސް ބޭފުޅުން މީގެ ކުރިން ހިންގެވި އިންޑިއާ އައުޓް ކެމްޕޭނަށް އިޝާރާތް ކުރަށްވަމުން މޫސާ ވިދާޅުވީ އަވަށްޓެރި ޤައުމުތަކަށް ބަދުބަސް ބުނުމާ އަބަދުވެސް ދެކޮޅުކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫންކަން މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މިހާރު ވިސްނިވަޑައި ގަންނަވާނެ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ.

އެގޮތުން މޫސަ ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރި ދުވަސްވަރުވެސް އަދި އަބަދުވެސް އެފަދަ ކަންކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކަށް ބަދުބަސް ބުނުމަކީ ކުރަން ނުވާވަރުގެ ކަންތައްތައް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

“ޖީ.އެމް.އާރު އެއަރޕޯޓް ކަންތަކުގައި ޑީއާރުޕީން ވެސް އިންޑިއާއަށް އެއްޗެތި ނުގޮވާށޭ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ކޮޕްސަމިޓުގައި ރައީސް ނަޝީދު ޗައިނާއަށް ބަދުބަސް ބުނީމަވެސް އެކަމާ ދެކޮޅު ހެދިން،” މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އާއެކު ގިނަ އެއްބަސްވުންތަކެއް އެކުލަވާލާފައިވެއެވެ.

މިގޮތުން އެކުލަވާލި ބައެއް އެއްބަސްވުން ތަކަކީ މި ސަރުކާރުގެ ވެރިން ކުރިން ދެކޮޅު ހެއްދެވި ކަންކަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން