ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން
ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން
އިންޑިއާ އައުޓަކީ މި ސަރުކާރުގެ މަތިފަޑީގެ ވިސްނުމެއް ނޫން ކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެ ވަޑައިގެންނެވި ކަންކަމަށް ކުރިމަތިވަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މުބީން ވިދާޅުވީ މިސަރުކާރުން އެއްވެސް ޤައުމަކާ ޖައްސާލައިގެން ނޫޅޭ ކަމަށެވެ.

އަދި އިންޑިއާ އައުޓް ކެމްޕޭނަކީ ޕީ.އެން.ސީ އާއި ރައީސް މުޢިއްޒުގެ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ ވިސްނުމެއް ނޫންކަމަށްވެސް މުބީން ވިދާޅުވެފައިވެއެވެ.

“މިއީ ވަކި މީހެއްގެ ފިލޯސަފީއެއް އިނގޭތޯ މީ. މިއީ ރައީސް ޔާމީންގެ ފިލޯސަފީއެއް.” މުބީން ވިދާޅުވެފައިވެއެވެ.

މުބީން މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރު އެކަތައިގެ މަސައްކަތް ދެ ގައުމުން ގުޅިގެން ވަގުތުން ނިންމަން އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު އިންޑިއާގެ އެހީގައި ސިފައިންގެ ސާވޭލަންސް އަދި މޮނިޓަރިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އިތުރު ރާޑަރު ސިސްޓަމްތަކެއް ގާއިމުކުރުމާއި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ.

އޭގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި ރާއްޖެއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން ހިމެނޭގޮތުން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން