މި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ރަށުބަންދުކޮށް ގެސްޓުހައުސްގެ ސިނާއަތު ހަލާކުކޮށްލުން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިމޭރުމުން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދާ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ވަނީ ރައީސް ޞާލިޙްގެ ސަރުކާރުން ރަށްރަށުގައި މީގެ ކުރިން ފަށާފައިވާ ތަރައްޤީގެ މަސައްކަތްތައް ދޮގާއި އޮޅުވާލުމާއި މަކަރާއި އަޅުވެތި ކުރުމުގެ ފިކުރުގެ ތެރެއިން ހުއްޓުވާފައި ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އާސަންދަ ވެސް މި ސަރުކާރުން ކޮށާމަށައި ރާއްޖޭން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ދެމުންދިޔަ އާސަންދަ ޚިދުމަތްވެސް ހުއްޓުވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުގެ މިސްރާބުހުރީ ރަށު ބަންދުގައި ރައްޔިތުން ބޭތިއްބުމަށް ކަމަށާއި އެގޮތުން ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ބައެއް ސަރަޙައްދުތަކަށް ކުރަމުންދިޔަ ދަތުރުތައް މަދުކުރަން ފަށައިފި ކަމަށްވެސް ޝާހިދު މިއަދު ވިދާޅުވެފައިވެއެވެ. އަދި އޭގެބޭނުމަކީ ރަށްރަށުގައި ފަށާފައިވާ ގެސްޓު ހައުސްގެ ސިނާއަތު ހަލާކުކޮށްލުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
“ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތަށް އެމްޑީޕީން ގެންގުޅުނު ފިކުރު ހަލާކުކޮށްލުމަށް.” މިއަދުގެ ކޮންފަރެންސްގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިއަދު ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އެޕާޓީއެއްގެ ބަނޑުން ވިހެއި ޕާޓީ ކަމަށާއި މިއަދު ވެރިކަމުގައި އޮތީ މަރުކަޒުކޮށް ބާރުތައް އެއްތަން ކުރުމުގެ ފިކުރު ގެންގުޅޭ ޕާޓީ ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު މިއަދުގެ ކޮންފަރެންސްގައި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.
މިއީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ފަހު، މިފަދަ ބޮޑު ހަރަކާތެއް އެމްޑީޕީން ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު