މަރްޔަމް ނަހްދާ ވަޙީދު   13 އޮކްޓޯބަރު 2024 - 5:52
ބޮލީވުޑްގެ ތަރި ޝަރްވަރީ ވާގް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ޝަރްވަރީ ވާގް- ގޫގުލް އިމޭޖެސް
ލެކްމޭ ފެޝަން ވީކުގެ "ޝޯ ސްޓޮޕާ" އެއްގެ ގޮތުގައި ބޮލީވުޑްގައި ވިދަމުން އަންނަ ފިލްމީ ތަރި ޝަރްވަރީ ވާގް ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު ވިދަމުން އަންނަ ތަރި ޝަރްވަރީ މޮޑެލް ކުރުމަށް ތައާރަފް ވާން އުޅޭ ކަމަށާއި، އިންޑިއާގެ ދިއްލީގައި ބާއްވާ ލެކްމޭ ފެޝަން ވީކުގައި އޭނާ ފެނިގެންދާނެ ކަމަށެވެ. އަދި މި ފެޝަން ވީކުގައި އޭނާ އިންޑިއާގެ މަޝްހޫރި ފެޝަން ޑިޒައިނަރުން ކަމަށްވާ ޕަންކަޖު އަދި ނިދީ ފަދަ މީހުންގެ ހެދުންތައް ދައްކާލާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިއީ އިންޑިއާގައި ބާއްވާ އެންމެ މަޝްހޫރު އެއް ފެޝަން ޝޯ އަށް ވީއިރު، މޮޑެލް ކުރުމަށް މި ޕްލެޓްފޯމުގައި ތައާރަފްވެވޭތީ އެކަމާ ވަރަށް އުފާވާ ކަމަށް މިކަމާ ގުޅުވައިގެން ދިން އިންޓަވިއުއެއްގައި ޝަރްވަރީ ވަނީ ބުނެފައެވެ. އަދި މި ޝޯގައި ޕަންކަޖު އާއި ނިދީ ފަދަ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ މަސައްކަތް ދައްކާލެވޭތީ އެއީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް ޝަރްވަރީ ވަނީ ބުނެފައެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ޝަރްވަރީ މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އަލްފާ" ގެ ޝޫޓިން ތަކުގައެވެ. މި ފިލްމުގެ ލީޑުން އޭނާއާއެކު ދެން ފެންނާނީ އާލިޔާ ބަޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން