އެމްޑީޕީއަށް ވެރިކަން ގެއްލުނީ ޑިމޮކްރެޓްސްގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވުމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޖަޒްބާތުތައް މީސްމީޑިއާގައި އޮއްސާލައްވައިފިއެވެ.
ފައްޔާޒް އިއްޔެ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވާން މެދުވެރިވި އެއް ސަބަބަކީ ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމްޑީޕީ ދެބައިވުމުން ކަމަށެވެ.
ނަމަވެސް ފައްޔާޒަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެބައިވީ ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށްކަމަށް ފައްޔާޒް ވިދާޅުވީ ޙަޤީޤަތާ ޚިލާފަށް ކަމަށެވެ. އަދި އެމްޑީޕީ ބަލިވި މައިގަނޑު އެއް ސަބަބަކީ އެހާތަނަށް ޕާޓީ ނަގަހައްޓަމުންއައި ވަފާތެރި ދުވަސްވީ މެންބަރުންނަށްވުރެ ކޯލިޝަން ދެމެހެއްޓުމަށް އިސްކަން ދިނުމުން ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އުޅުވީ ރައީސް ނަޝީދު އެކަހެރިކޮށް ދަޢުލަތުގެ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ.
“ކޯލިޝަން ލީޑަރުންނާ އެކު ގޮސް ވެރިކަން ހޯދޭނެ؛ ކީއްކުރާ އަންނި އެއް ދޯ؟” ޖަޒްބާތުތައް ބަންޑުން ކޮށްލައްވަމުން އިންތި ވިދާޅުވެފައިވެއެވެ.
އިންތި މިހެން ވިދާޅުވެފައިވާއިރު ވެރިކަންކުރާ އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރު ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ އެމްޑީޕީ އުފެއްދި އަސާސްތަކަށް އަމަލުނުކުރާ ކަމަށް ބުނެ އެވެ.
އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި 3 ވަނަ ލިބުމުން އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ތާޢީދު ކޮށްފައެއް ނުވެއެވެ.

ކޯލިޝަން ލީޑަރުންނާ އެކު ގޮސް ވެރިކަން ހޯދޭނެ؛ ކީއްކުރާ އަންނި އެއް ދޯ؟
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) October 12, 2024
އިންތި މިހެން ވިދާޅުވެފައިވާއިރު ވެރިކަންކުރާ އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރު ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ އެމްޑީޕީ އުފެއްދި އަސާސްތަކަށް އަމަލުނުކުރާ ކަމަށް ބުނެ އެވެ.
އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި 3 ވަނަ ލިބުމުން އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ތާޢީދު ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު