ރައީސް ޑރ. މުޢިއްޒު އާއި ޑިފެންސް މިނިސްޓަރ ޣައްސާން
ރައީސް ޑރ. މުޢިއްޒު އާއި ޑިފެންސް މިނިސްޓަރ ޣައްސާން
ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އެގޮތަށް އެންގެވުމާ ގުޅިގެން ދިފާއީ ވުޒާރާއިން ހައި ކޯޓުގައި އިސްތިޢުނާފްކުރި އިންފޮމޭޝަން ކޮމިޝަނަރގެ ނިންމުން ބަދަލު ކުރުމުގެ މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު އިންޑިއާގެ މަދަނީން ދުއްވަމުންދާ ޑޯނިއާ އުޅަނދުތައް ދުއްވުމަށް 2021 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ތަމްރީނުތައް ފުރިހަމަ ކުރިއެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ.

އޭގެ ފަހުން ފަސް ޕައިލެޓަކު އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް، އަދި ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ތަމްރީން ވެފައިވާ ދިވެހި ސިފައިންނަށް ޑޯނިއާ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަކުރަން މިދިޔަ އޮގަސްޓް މަހުގެ 24 ގައި އިންފޮމޭޝަން ކޮމިޝަނަރު އެންގެވުމުން ޑިފެންސް މިނިސްޓްރީން އެ މައްސަލަ ހައި ކޯޓަށް ހުށައެޅީ މިދިޔަ ހަފްތާގައެވެ.

މި މައުލޫމާތުތައް ނުދިނުމަށް ޑިފެންސް މިނިސްޓްރީން ނިންމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކުރަނީ އެ މައުލޫމާތެއް ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ސިއްރުކުރުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން