ދިވެހިރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މީސް މީޑިޔާ ޕްލެޓްފޯމް، އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އެތަކެތި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕް މަނާކުރުމަށް ރައީސް ނިންމަވާފައި ވަނީ ރާއްޖޭގައި ފަހަކަށް އައިސް ވޭޕް ބޭނުންކުރާ ފަރާތްތައް އާދަޔާ ހިލާފަށް ގިނަވެ ފުއްޕާމޭގެ ބަލިތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެކިއެކި ފަރާތްތަކުންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ހާމަކޮށް ރާއްޖޭގައި ވޭޕް މަނާކުރުމަށް ގޮވާލާފައެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން