ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ
އެމްޑީޕީ ސަރުކާރުންވެސް ވައްކަން ނުކުރެއޭ ވިދާޅުނުވާނެ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެކްސްތައް ބޮޑުކުރުމުގެ ބިލުތަކުގެ ބަހުސްގައި ޣަފޫރު މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ރާއްޖެއަށް ލިބޭ އާމްދަނީ އޮތީ ކުރިއަށްވުރެ 15 ޕަސެންޓް މަތީގައި ކަމަށެވެ. އެހެންކަމުން މިއީ ޓެކްސް ރޭޓަށް ބަދަލު ގެނައުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމާމެދު ޣަފޫރު ވަނީ ސުވާލު އުފައްދަވާފައެވެ.

ޣަފޫރު މިއަދު ވިދާޅުވީ ދައުލަތަށް ވަންނަ ޢާމްދަނީގައި އެއްވެސް މައްސަލައެއްް ނެތް ނަމަވެސް ފެނިގެންދަނީ ދައުލަތުގެ ޚަރަދުތައް ހަމަނުޖެހޭތަން ކަމަށެވެ. އޭގެ ސަބަބަކީ ސަރުކާރުގެ މަތި ބަރުވުން ކަމަށާއި ސިޔާސީ ވަޒީފާތަކުގެ ޢަދަދު ދެހާހަށް ވުރެ މަތީގައި ހުރިއިރު ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ 15 އިންސައްތަ ދަށްވެފައިވާ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަން ފާހަގަ ކުރަށްވަމުން ޣަފޫރު ވަނީ ސަރުކާރުގެ ތެރެއިން ރޯމާ ދުވާލު ވައްކަން ކުރަމުން ދާކަމަށްވެސް ތުހުމަތު ކުރަށްވާފައެވެ. އަދި އެއީ އެމްޑީޕީ ސަރުކާރުގައި ނުކުރާ ކަމެކޭ ނުދަންނަވާ ކަމަށް ޣަފޫރު މިއަދު ވިދާޅުވެފައިވެއެވެ.

“އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ސަރުކާރުން ނުކުރެއެކޭ. ކުރި. ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިކަންކަން ހުއްޓުވުން.” ޣަފޫރު މިއަދު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މިއަދު ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަކީ ދަށް ހާލަތެއް ކަމަށާއި ސަރުކާރާމެދު ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންނުވާ ކަންކަން ފެންނަމުން ދިއުމަކީ ހިތާމަކުރަށްވާ ކަމެއް ކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޣަފޫރު ވަނީ ވިދާޅުވެަފއެވެ.

މިއީ ޓެކްސް ރޭޓަށް ބަދަލު ގެނައުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމާމެދު ޣަފޫރު ސުވާލު އުފައްދަވާފައިވާއިރު ސަރުކާރުން އިއްޔެ ވަނީ ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މަޖިލީހަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން