ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުކޮށް މިހިނދުން މިހިނދަށް ޓެކްސްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެކްސްތައް ބޮޑުކުރުމުގެ ބިލުތަކުގެ ބަހުސްގައި ޝުޖާއު މިއަދު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޓީގީއެސްޓީ 14 ޕަސަންޓުން 16 ޕަސަންޓަށް ބޮޑު ކުރުމަށްފަހު އެފައިސާ ޚަރަދު ކޮށްފައިވަނީ ބޭކާރު ގޮތުގައި ކަމަށެވެ.
އެގޮތުން ކުންފުނިތަކުގައި ބޭކާރު ވަޒީފާތައް އުފައްދައި، އެކި ގައުމުތަކުން ކޮވިޑްގެ ދުވަސްވަރު ދިން އެހީ ބޭކާރުކޮށް ޚަރަދުކުރިކަމަށް ޝުޖާ ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުކޮށް މިހިނދުން މިހިނދަށް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިއަދުގެ ޖަލްސާގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.
“ޓޫރިޒަމްގެ ދާއިރާއިން ނެގޭ ޓެކްސްތައް އެންމެ ޕަސެންޓެއް އިތުރުކޮށްގެން އާމްދަނީ އިތުރު ކުރަމުން އިތުރުކުރަމުން ގޮސް މުޅި އިގްތިސާދު ހަމައަކަށް އެޅުވުމުގެ ވިސްނުންފުޅު ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ.” ޝުޖާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެދާނެ ކަމަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މި އިސްލާޙު ވާނެ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.
ޝުޖާ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުގައި ވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް 6 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 6 ޑޮލަރު ނެގުމަށް އެއިސްލާހުގައި ވެއެވެ.
ހަމައެއާއެކު ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކުހުގެ ގޮތުގައި އިކޮނޮމިކް ކްލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގުމަށެވެ. އަދި ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 90 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނެގުމަށެވެ.
ހަމައެހެންމެ ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު ނަގާ 120 ޑޮލަރުގެ ބަދަލުގައި އެ މުއްދަތުން ފެށިގެން 480 ޑޮލަރު ނެގުމަށް މަޖިލީހަށް ހުށައެޅި އިސްލާހުގައި ވެއެވެެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ހުށައަޅާފައިވާއިރު އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު