އުނބަށް ޖަހާޖަހާ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު މިއަދު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެކްސްތައް ބޮޑުކުރުމުގެ ބިލުތަކުގެ ބަހުސްގައި މީކާއީލް މިއަދު ވިދާޅުވީ ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ނަމަވެސް މި މަސައްކަތުގެ ސީރިއަސްކަން ސަރުކާރުގެ ފަރާތުން ނުފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ އަވަސް އަވަހަށް ސިޔާސަތުތައް ބަދަލު ވަމުންދާ މަންޒަރު ކަމަށާއި އެހެންކަމުން ސަރުކާރުގެ ޕްލޭނެއް ނެތްކަން ހާމަވާ ކަމަށްވެސް މީކާއީލް މިއަދު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރަށްވަމުން މީކާއީލް ވިދާޅުވީ މާދަމާވެސް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާހެ އަރިހަށް ގޮސް ކަންބޮޑުވުން ފާޅުކުރުމުން މިއަދު ހުށައަޅާފައިވާ ބިލުތައް އެހެން ގޮތަކަށް ބަދަލު ކުރަށްވަފާނެ ކަމަށެވެ.
އޭގެއިތުރުން މިއީ ހަމައެކަނި މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުން ފެންނަ ކަމެއް ނޫންކަމަށާއި ސަރުކާރުގެ ޚާރިޖީ ސިޔާސަތުވެސް ދަނީ އަވަސް އަވަހަށް ބަދަލުވަމުން ކަމަށް މަޖިލީހުގައި މީކާއީލް މިއަދު ވިދާޅުވިއެވެ.
“މިހެން އުނބައް ޖަހާ ޖަހާ މި ސަރުކާރުން ހުށައަޅާ އެއްޗެއްގެވެސް މި ސަރުކާރުން ތައާރަފު ކުރާ އެއްޗެއްގެވެސް މި ސަރުކާރުން އާންމު ކުރާ ސިޔާސަތެއްގެވެސް އެއްވެސް ކަހަލަ އިތުބާރެއް ރައްޔިތުންގެ މެދުގައި މިއަދު ނެތް.” މީކާއިލް ވިދާޅުވެފައިވެއެވެ.
މީކާއީލް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން އިއްޔެ ވަނީ ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މަޖިލީހަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު