ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ 32 ދިވެހި ދަރިވަރަކަށް ޗައިނާ އެމްބަސީން އެހީ ދީފިއެވެ.
ޗައިނާ އެމްބަސީގެ ފަރާތުން މި ދަރިވަރުންނަށް އެހީދީފައި ވަނީ "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުންނެވެ. އެގޮތުން މި ޕްރޮގުރާމުގެ ދަށުން އެހީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް ވަނީ 10،000ރ. ދީފައެވެ.
މި އެހީ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަމިއްލަ މުސްތަގްބަލުގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަން ވެސް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވަނީ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ގޮންޖެހުންތަކުން އަރައިގަނެ، އަމިއްލަ މުސްތަގްބަލާއި ރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު