އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކޮށްފިއެވެ.

ފައިރޫޝް މީގެކުރިން ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައިރޫޝް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހޯމް ލޭންޑް މިނިސްޓްރީއަށް ބަދަލު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ފައިރޫޝް އަކީ ފުލުހުންގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ހިދުމަތުން ފައިރޫޝް ރިޓަޔާ ކުރެއްވީ ޖެނުއަރީ 2021 ގަ އެވެ. އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވައިފައެވެ.

ފައިރޫޝް ހޯމް ލޭންޑް މިނިސްޓްރީއަށް ބަދަލު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި 228 ސިޔާސީ ބޭފުޅުން މަޤާމުން ވަކިކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން