ޝާން މުހައްމަދު   17 އޮކްޓޯބަރު 2024 - 9:53
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޑުކިޔުންތައް އަމާޒުކުރައްވަމުން އެގައުމާ ދެކޮޅަށް ނުކުމެއްޖެއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެން އުޅެމުންދާ އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ނުކުމެފައިވާއިރު ވެނެޒުއެލާއިންވެސް ވަނީ އެ ގައުމުތަކާ ގުޅިފައެވެ.

ރައީސް މަޑޫރޯ ވަނީ އެމެރިކާ އާއި އީޔޫ އިން އުފެއްދި ނަތަންޔާހޫ އަކީ "ފުރޭތަ" އެއް ކަމަށް ވިދާޅުވެފައެވެ. މަޑޫރޯ ވަނީ ޣައްޒާ އާއި ލުބުނާނުގައި ނަތަންޔާހޫގެ ނިރުބަވެރި ޖަމާއަތުން ހިންގާ ޖަރީމާތައް ކުށްވެރި ކުރައްވާފައެވެ. އަދި މަޑޫރޯ ވަނީ ނަސްލު ނައްތާލުމުގެ ތުހުމަތުކޮށް ނަތަންޔާހޫ އާއި ހިޓްލަރާ އަޅާކިޔާފައެވެ.

މީގެ އިތުރުން ކިއުބާގައި ރައީސް މިގްއެލް ޑިއާޒް ކެނެލް އިސްކޮށް ހުންނަވައިގެން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްރާއީލަށް އެމެރިކާއިން ދޭ ތާއީދު ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކުރާ ބޮޑު ހިނގާލުމެއް ކުރިއަށް ގެންދެވިއެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުގެ ނިރުބަވެރި ޖަމާއަތުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ހަމަނުޖެހުން ހިންގައި ގައުމުތަކަށް ގަދަބާރުން އަރައިގަންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން