ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ދިން ހިލޭ އެހީގެ ތެރެއިން ކުރިއަށް ގެންދަން ނިންމި މަޝްރޫޢުއެކެވެ.
މި ހޮސްޕިޓަލް އިމާރާތްކުރަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ އާ ހަވާލުކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމުމުން ދެން އޮތީ ޑިޒައިންގެ މަސައްކަތް ފެށުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ނިމުމުން ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ދެ ގައުމުން ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން އެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

A signing ceremony was held today on the completion of the Feasibility study of the 100-bed Hospital in Villimale’. The memorandum of feasibility findings was signed by the Minister of Construction and Infrastructure, Dr. Abdulla Muththalib, and the Ambassador of the People’s… pic.twitter.com/abG8S6Ftyo
— Ministry of Construction and Infrastructure (@MoCImv) October 17, 2024
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.
ކިޔުންތެރިންގެ ހިޔާލު