މަސައްކަތުގެ މައިދާނުގައި ދިމާވި މައްސަލައެއް ހައްލު ކުރަނީ- ގޫގުލް އިމޭޖެސް
މަސައްކަތުގެ މައިދާނުގައި ދިމާވި މައްސަލައެއް ހައްލު ކުރަނީ- ގޫގުލް އިމޭޖެސް
ވަޒީފާގެ މާހައުލުގައި ތަފާތު އެކިކަހަލަ މިޒާޖުގެ މީހުން އުޅޭއިރު، ތަފާތު އެކިކަހަލަ މައްސަލަތައް ކުރިމަތިވުމަކީ ޔަގީނުންވެސް ދިމާވާނެ ކަމެކެވެ. ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅޭނަމަ އެފަދަ މައްސަލަތައް އަވަހައް ހައްލުވެ ވަޒީފާގެ މާހައުލަކީ އެންމެންވެސް ހަމަޖެހިލައިގެން އުޅެވޭފަދަ މާހައުލަކަށް ވެގެން ދެއެވެ.

އެހެންކަމުން މިފަހަރު މި ހިމަނާލަނީ ވަޒީފާގެ މާހައުލުގައި ޖެހޭ މައްސަލަތައް ހައްލު ކުރުމަށްޓަކައި އަޅަން ޖެހޭ ބައެއް ފިޔަވަޅުތަކެވެ.

އަވަހައް މައްސަލަ ހައްލު ކުރުން



ވަޒީފާގެ މާހައުލުގައި މައްސަލައެއް ދިމާވުމުން، ވީހާވެސް އަވަހަށް އެ މައްސަލައެއް ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެކަމެއް ހައްލު ކުރުން ލަސްވާނަމަ ދެބަސްވުންތަކާއި ހަމަނުޖެހުންތައް ގިނަވާތީއެވެ. އަދި އެކަމުގެ ސަބަބުން ފަހުން އެމައްސަލައަށް ހައްލެއްް ހޯދަން އުނދަގޫވާނެތީވެސް މެއެވެ.

އެންމެންގެ ވާހަކަތައްވެސް އަޑުއެހުން

މައްސަލަ އެއް ދިމާވުމުން އެކަމުގައި އުޅޭ އެންމެންގެ ވާހަކަތައްވެސް ރަނގަަޅަށް އަޑުއެހުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރުމުން އެކަމާ ގުޅުން ހުރި އެންމެންނަށްވެސް އެމީހުންގެ ޝުއޫރުތައް ބުނެދެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް އެމީހުންގެ މުހިންމު ކަންވެސް އިހުސާސް ކުރެވި، އެމީހުންގެ އިހުސާސްތައްވެސް އަޑުއެހި ކަމުގެ ޔަގީންކަން ލިބެއެވެ. އަދި އޭގެ ސަބަބުން ފަސޭހަކަމާއެކު ވާހަކަ ދެކެވި މައްސަލަތައް ފެސޭހަކަމާއެކު ހައްލު ކުރެވެއެވެ.

ރުޅި އިސް ނުކުރުން



މައްސަލަތައް ދިމާވުމުން ރުޅި އިސްނުކޮށް ހަމަޖެހިލައިގެން ހުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ވަރަށް ހަމަޖެހިލައިގެން ހުރެ މައްސަލަ ކުރިމަތިވި ސަބަބު ދެނެގަތުމަކަކީވެސް ވަރަށް މުހިންމު ކެމެކެވެ. މިހެން ކަންތައް ކުރުމުން މައްސަލަ އިތުރަށް ގޯސްނުވެ، ފަސޭހަކަމާއެކު ހައްލުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން