ބޮލީވުޑްގެ ތަރި އާލިޔާ ބަޓު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި އާލިޔާ ބަޓު- ގޫގުލް އިމޭޖެސް
ހޮލީވުޑްގެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަން އޭނާއަށް މިހާރު އުނދަގޫވާ ކަމަށް ބޮލީވުޑްގެ ތަރި އާލިޔާ ބަޓު ބުނެފިއެވެ.

އާލިޔާ މިހެން ބުނެފައިވަނީ "ވަޓް ވިމެން ވޯންޓު" ގެ ފަސްވަނަ ސީޒަންގެ އެޕިސޯޑެއްގައި ކަރީނާ ކަޕޫރުއާއެކު ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ. އެގޮތުން ހޮލީވުޑްގައި ކުރިއަރައި ދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިޔާ ބުނެފައިވަނީ ދަރިއެއް ލިބުނު ފަހުން ހޮލީވުޑްގެ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރަން އޭނާއަށް އުނދަގޫވާ ކަމަށެވެ.

"މިހާރު ދަބަހެއް ޕެކް ކޮށްގެން ފަސް ހަ މަސްވަންދެން ދާން ވަރަށް އުނދަގޫ. މިހާރު އެހާ ގިނަ ދުވަހަކަށް ނުދެވޭނެ ފޮށި ތަންމަތި ބަނދެގެން" އޭނާގެ ދަރިފުޅު ރަހާގެ މައްޗަށް އޮތް ޒިންމާއަށް އިޝާރާތްކޮށް އާލިޔާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ހޮލީވުޑްގެ ޕްރޮޖެކްޓުތަކުގައި އޭނާ ދެން މަސައްކަތް ކުރާނީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ. އެގޮތުން ފިލްމު ބިނާވެފައިވާ ވާހަކައާއި، ޝޫޓު ކުރާ ޓައިމްލައިން އަދި އޭނާ އެ ޕްރޮޖެކްޓު ބޭނުންވާ މިންވަރަށް ބަލާފައި ނޫނީ އެކަން ނުނިންމާނެ ކަމަށް އާލިޔާ ވަނީ ބުނެފައެވެ.

އާލިޔާ ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވެފައިވަނީ 2023 ގައި ނެރުނު ފިލްމު "ހާޓް އޮފް ސްޓޯން" އިންނެވެ. މި އެކްޝަން ތުރިލާ ފިލްމުގައި އޭނާއާއެކު މުހިންމު ރޯލުތަކުން ފެނިފައިވަނީ ގަލް ގެޑޯތު އާއި ޖޭމީ ޑޯނަން އެވެ. އާލިޔާ މި ފިލްމު ޝޫޓު ކޮށްފައިވަނީ އޭނާގެ ދަރިފުޅު ރަހާއަށް ބަނޑުބޮޑު އިރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން