ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 13 އާއި 16 ވަނަ ދުވަހު ބަންގްލަދޭޝްގައި ދިވެހި ޓީމާއެކު މެޗެއް ކުޅެން ނިންމާފައިވާ ކަމަށެވެ.
އަހަރެއްހާ ދުވަސް ފަހުން ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމުން މެޗެއް ކުޅުމަށް ނިންމާފައިވާއިރު، އެންމެ ފަހުން ރާއްޖޭގެ ގައުމީ ޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝް އާއި ދެކޮޅަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ބަންގްލަދޭޝް އިން ވަނީ އެ ގައުމުގައި ކުޅުނު މެޗުން 2-1 އިން ކާމިޔާބުކޮށްފައެވެ.
ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ މެޗުތަކުގައި ދިވެހި ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭންއެވެ.
އަންނަ މަހު ރާއްޖޭގެ ގައުމީ ޓީމު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅޭއިރު، މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތީ ހުއްޓިފައެވެ. އެގޮތުން އެފްއޭއެމްގެ ހިންގުން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސީޒަނަށްފަހު ދިވެހި ޕްރިމިއާ ލީގުވެސް ބާއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު