ބޮން ހުރި ކަމަށް ބުނެ އަވައްޓެރި އިންޑިޔާގެ ވިއްސަށްވުރެ ގިނަ މަތިންދާބޯޓަށް އިންޒާރު ދީފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިއަދު އެކަނިވެސް އެގައުމުގެ ވިއްސަށްވުރެ ގިނަ މަތިންދާ ބޯޓުގައި ބޮން ހުރި ކަމަށް ވަނީ އިންޒާރު ދީފައެވެ.

އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ފްލައިޓްތައް ހިމެނޭ ގޮތަށް ބޮމުގެ އިންޒާރު ލިބުނު އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ، ވިސްޓާރާ، އެއާ އިންޑިއާ އަދި އަކާސާ އެއާ ހިމެނޭ ކަމަށް އެ ކުންފުނިތަކާ ހަވާލަދީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިގޯ، ވިސްޓާރާ އަދި އެއާ އިންޑިއާގެ ހަ ފްލައިޓަކަށް މިއަދު މި އިންޒާރުތައް ލިބިފައިވާ ކަމަށް ރިޕޯޓްކުރާއިރު މި އެއާލައިންތަކުން ވަކިވަކިން ވަނީ މިކަމާ ގުޅޭގޮތުން ބަޔާންތައް ނެރެފައެވެ. އެގޮތުން އިންޑިގޯގެ ތަރުޖަމާނަކު އެގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފްލައިޓް 6އީ 58 (ޖިއްދާއިން މުމްބާއީއަށް)، 6އީ87 (ކޯޒިއްކޯޑުން ދަންމާމަށް)، 6އީ11 (ދިއްލީން އިސްތަންބޫލަށް)، 6އީ17 (މުމްބާއީން އިސްތަންބޫލަށް)، 6އީ133 (ޕޫނޭ އަށް) ފްލައިޓަށް މި އިންޒާރު ލިބުނު ކަމަށެވެ.

ވިސްޓާރާއިން ބުނީ އެ އެއާލައިންގެ ހަ ފްލައިޓަކަށް މި އިންޒާރު ލިބުނު ކަމަށާއި އޭގެ ތެރޭގައި ޔޫކޭ25 (ދިއްލީން ފްރެންކްފަރޓަށް)، ޔޫކޭ106 (ސިންގަޕޫރުން މުމްބާއީއަށް)، ޔޫކޭ146 (ބާލީން ދިއްލީއަށް)، ޔޫކޭ116 (ސިންގަޕޫރުން ދިއްލީއަށް)، ޔޫކޭ110 (ސިންގަޕޫރުން ޕޫނޭއަށް) އަދި ޔޫކޭ107 (މުމްބާއީ އިން ސިންގަޕޫރަށް) ހިމެނޭ ކަމަށެވެ.

މި އިންޒާރުތަކާ އެކު އެއާލައިންތަކުން ވަގުތުން ސަލާމަތީ ފިޔަވަޅުތައް އަޅައި ޕްރޮޓޮކޯލްތަކާ އެއްގޮތަށް ކަމާބެހޭ ހުރިހާ އިދާރާތަކަށް ވަގުތުން އެކަން އަންގާފައިވާ ކަމަށް އެއާލައިންތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން