އަވައްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ބޮޑުވަޒީރު މޯދީ އާއި ރައީސް މަސްޢޫދު ޕެޒެޝްކިއާން ބައްދަލުކުރައްވާފައި ވަނީ މިހާރު ކުރިޔަށްދާ ބްރިކްސް ސަމިޓަށް ވަޑައިގެންނެވެ. މިއީ މިއަހަރުގެ ޖުލައި މަހު އީރާނުގެ ރައީސްކަމާ މަސްޢޫދު ޕެޒެޝްކިއާން ހަވާލުވެވަޑައިގެންނެވި ފަހުން ދެ ލީޑަރުންގެ މެދުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އީރާނާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ ގާތް ގުޅުންތަކެއް އޮތްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އީރާނަކީ އިންޑިއާގެ އަވަށްޓެރި ސަރަހައްދުގައި އޮންނަ ގައުމަކަށް ވާއިރު، ދެގައުމުގެ އިގްތިސާދީ އަދި ސަލާމަތީ ދާއިރާގައި ވެސް ބޮޑު ތަފާތެއް ހުރިކަން ފާހަގަކުރެވެއެވެ. އިންޑިއާއާއި އީރާނަކީ ވިޔަފާރީގެ މުހިއްމު ދެ ބައިވެރިންނެވެ.

ހުޅަނގު އޭޝިއާގެ ސަލާމަތީ ހާލަތު ގޯސްވަމުންދާތީ އިންޑިއާއިން ވަނީ މި މަހުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށް، އާންމުން ރައްކާތެރިކުރުމަށް ގޮވާލާފައެވެ.

މިއަހަރުގެ އޭޕްރީލް މަހު އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ އަދާވާތްތެރިކަން އިތުރުވުމުން އެ ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ނުރައްކާވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން